ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭރިއާގެ ތެރޭގައި އެމްއެންޑީއެފް ވެހިކަލެއް ފުރޮޅާލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހެނދުނު 06:30 ހާއިރުގައެވެ. ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓްގެ ރަންވޭގެ ކޮޅުން، ސީ ޕްލޭން ޓާމިނަލްސް އަދި އެމްއެންޑީއެފް ބޭސް އަށް ދެވޭ މަގުން ބާރު ސްޕީޑްގައި ދިޔަ ވެހިކަލް ކޮންޓްރޯލް ނުވެގެންނެވެ. އެ މަގުގެ ފެންސާއި ވީ ފަޅީގައި ފުޅާކޮށް ކޮނެފައި ވާ ސަރަހައްދެއްވެސް އޮންނައިރު އެ ވެހިކަލް ކޮނެފައިވާ ބައިގެ މަތިން ގޮސް ފެންސުގައި ޖެހި ފެންސުވެސް ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާ މަންޒަރު ފެނެއެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ބަހެއް ލިބިފައިނުވާތީ މީހަކަށް އަނިޔާއެއް ލިބުނު ކަން ސާފެއް ނޫނެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް