ހުޅުމާލޭ ދޭއްގައި ފައުންޑޭޝަނުން ގްރޭޑް 10ށް ކިޔަވައިދޭ އިތުރު ސްކޫލެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ފަސް ވަނަ ސްކޫލް އިމާރާތް ކުރަން ބަޔަކާއި ހަވާލު ކޮށްފި އެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ނަމަކަށް ކިޔ...

10 Oct 2022 | 18:58

ހުޅުމާލޭ ފޭސް ދޭއްގައި އަޅާ ފަސް ވަނަ ސްކޫލް އިމާރާތް ކުރަން ބަޔަކާއި ހަވާލު ކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޑްވާޑް އެންޑް ކްރިސްޓީ ނަމަކަށް ކިޔާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކާ އެވެ. އެ ކުންފުނިން މަޝްރޫއު ކުރިޔަށް ގެންދަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ،

އެ މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނ241.5 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން ޖެހެނީ18 މަސްދުވަހުންނެވެ.

މި ސްކޫލަކީ ފައުންޑޭޝަން ލެެވަލް ކަމަށްވާ އެލްކޭޖީން ގްރޭޑް10 އަށް ކިޔަވައިދޭ ސްކޫލެކެވެ.54 ކްލާސްރޫމް ހުންނާނެ މި ސްކޫލްގައި މަލްޓީ ޕާޕަސް ހޯލަކާއި ހަތަރު ލިފްޓު ހުންނާނެ އެވެ.

މި ސްކޫލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ2024 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ ސްކޫލްގެ މަސައްކަތް ނިމޭއިރު މުވައްޒަފުންނަށް ހާއްސަ ޕާކިން ޒޯނެއްވެސް ގާއިމް ކުރެވޭނެ އެވެ.

ފޭސް ދޭއްގެ ފުރަތަމަ ސްކޫލް ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭން ފެށި މިއަހަރުގެ ދިރާސީ އާހަރާއި އެކު އެވެ. އެ ސްކޫލާއި އިންވެގެން އޮންނަ ޖަމީލްދީދީ ޕްރީ ސްކޫލް މިމަހު31 ގައި ނިމެނޭ ކަމަށް މައުލޫމާތު ދެއެވެ.

މީގެ އިތުރުން ދެން އެންމެ އަވަހަށް ފޭސް ދޭއްގައި ހުޅުވާނީ ސޮލާހުއްދީން ސްކޫލެވެ. އެ ސްކޫލްގެ ކިޔެވުން އަންނަ ޖެހުނއަރީ މަހު ފެށޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް