ހުޅުމާލެއިން ބަންގްލަދޭޝް މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭ ފޭސް އެކަކުން ބިދޭސީ އަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ. ގެއްލިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ އެމްޑީ އޮމަރް މިއާ އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ...

10 Oct 2022 | 11:17

ހުޅުމާލޭ ފޭސް އެކަކުން ބިދޭސީ އަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ.

ގެއްލިގެން ހޯދަމުން ދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ އެމްޑީ އޮމަރް މިއާ އެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޮނިހިރު ދުވަހު އޭނާ މަސައްކަތް ކުރާ ކުންފުނިންނެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ.

އެހެންވެ އޭނާ ހޯދުމަށް މިއަދު ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައި އެވެ. ފުލުހުން ބުނީ އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރު އަދާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް