'ލޭކޮކާ ހަވީރު 2022' ގެ ނަސީބުވެރިންނާ އިނާމު ހަވާލުކޮށްފި

'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިލިޓޭޝަން ސެންޓަރ' އިން މިދިޔަ ހުކުރު ދުވަހު 'އާޓިފިޝަލް ބީޗް' ގައި ބޭއްވި 'ލޭކޮކާ ހަވީރު 2022' ގެ ނަޞީބުވެރިންނާ އެ ކްލިނިކް ގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. އާދިއް...

10 Oct 2022 | 10:57

'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިލިޓޭޝަން ސެންޓަރ' އިން މިދިޔަ ހުކުރު ދުވަހު 'އާޓިފިޝަލް ބީޗް' ގައި ބޭއްވި 'ލޭކޮކާ ހަވީރު 2022' ގެ ނަޞީބުވެރިންނާ އެ ކްލިނިކް ގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު ގެ ރޭ މަޖީދިއްޔާ ސްކޫލްގައި ބޭއްވުނު މި ހަފުލާގައި 'ލޭކޮކާ ހަވީރު 2022' ކާމިޔާބު ހަރަކާތެއް ގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތް ކޮށްދެއްވި ފަރާތްތަކު ގެ އަގު ވަޒަން ކޮށް ހަނދާނީ ލިޔުން ހަވާލު ކުރެވުނު އިރު ވޮލަންޓިއަރސް ގެ ގޮތުގައި މުހިންމު ދައުރެއް އަދާ ކުރެއްވި 45 ފަރާތަކަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި 'ލޭކޮކާ ހަވީރު 2022' ގެ ނަސީބު ވެރިން ގެ ގޮތުގައި ހިމެނޭ 11 ފަރާތަކަށް އިނާމު ހަވާލު ކުރެވުނު އިރު މި އިނާމުތައް ހަދިޔާ ކުރެއްވި ފަރާތްތައް ކަމުގައި ވާ މޯލްޑިވިއަން، އެރޭނާ ހޮޓެލްސް، ރޯޒީ ވިލާ، ޕޮއިސް ޕަރފިއުމް، ޕޮއިސް ޕްރީމިއަމް، ބަނާނާ ލީފް، ލަވޭރާ ޕިއްޒާ، ޕިއްޒާ ބޯނާ އަދި މީގެ އިތުރުން ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާރޓް އެންޑް ޑިޒައިން އަށް ޝުކުރު އަދާކޮށްފައިވެއެވެ.އަދި މި އިވެންޓް ގެ ޑިޖިޓަލް ޕާރޓްނަރެއް ގެ ގޮތުގައި ދިރާގު އަދި މީޑިއާ ޕާރޓްނަރެއް ގެ ގޮތުގައި ވީ.ޓީ.ވީ މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.

މި އަހަރު ގެ ޖޫން މަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ފެށި 'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ' އަކީ ނަފްސާނީ ބަލިތަކަށް ޙާއްސަކޮށް ފަރުވާ ދިނުމަށް އަމާޒުކޮށް ހުޅުވުނު ސެންޓަރ އެއް ނަމަވެސް، މި ސެންޓަރުން އަންނަނީ ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅިގެން އެކިއެކި ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދަމުންނެވެ. އޮފީސްތަކުގެ މަސައްކަތު ގެ މާހައުލާއި އެހެނިހެން އާންމު ދިރިއުޅުންތަކުގައި ދިމާވާ އެކިއެކި ކަންކަމަށް އަމާޒުކޮށް މި ސެންޓަރ އިން 'ސްޓެރެސް ބަޑީ' ގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ގިނަބައެއް ގެ މެދުގައި މަޤުބޫލު ޕްރޮގްރާމެކެވެ.

'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ'ގެ މެނޭޖިންގ ޕާރޓްނަރ އަލްފާޟިލް އަޙުމަދު އަހުސަން ވިދާޅުވި ގޮތުގައި އެ ސެންޓަރުން މިހާރު ވަނީ ކައުންސިލިން ގެ އިތުރުން އެކިއެކި އެސެސްމެންޓްތައް ހަދައިދޭން ފަށާފައެވެ. އަދި މެޑިކަލް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ވެސް ދެމުން އަންނަ ކަމާ މީގެ އިތުރުން ވަރަށް އަވަހަށް ސްޕީޗް ތެރަޕީ ގެ ޚިދުމަތް ލިބިގެންދާނެ ކަމާއި، މި ސެންޓަރ ގެ އެކިއެކި ޚިދުމަތްތަކަށް ވަރަށް އަވަހަށް އާސަންދަ ލިބިގެންދާނެ ކަން ފާހަގަ ކުރައްވާފައިވެއެވެ.

'ލޭކޮކާ ހަވީރު 2022' ގެ ކާމިޔާބީ އާ އެކު ގިނަ ފަރާތްތަކެއް ގެ އެދުމުގެ މަތީން މި އަންނަ އަހަރު 'ލޭކޮކާ ހަވީރު 2023' މިއަށް ވުރެ ކުލަ ގަދަކޮށް ކުރިއަށް ގެންދިއުމަށް ރާވަމުން އަންނަކަން ފާހަގަ ކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް