ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. އަތޮޅަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅާފައި އެވެ. މި ދަތުރަކީ އޭގެ ފަހުން އަތޮޅުތެރެއަށް ޔާމީން ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ.
އިދިކޮޅު ޕީޕީއެމގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ ޔާމީންގެ ދަތުރުފުޅުގައި ހއ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. އެއީ ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނެވެ.
މި ދަތުރުފުޅަކީ ޕާޓީއަށް މެމްބަރުން އިތުރުކޮށް އެ ރަށްރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުންނާއި ބައްދަލު ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަންނާނެ އެވެ. އަދި ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.
މިދަތުރުފުޅު ރައީސް ޔާމީން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12-15 އަށެވެ.
އެންމެ ފަހުން އެމަނިކުފާނު ވަޑައިގެންނެވީ ދ. ކުދަހުވަދޫއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް