ކިއަރާއާއި ދެމީހުންގެ ކައިވެނީގެ ވަރަށް މުހިންމު މައުލޫމާތެއް ސިދާތު ހާމަކޮށްފި

ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ކައިވެންޏާއި ގުޅޭ ފަހުގެ މައުލޫމާތު ހާމަކޮށްފި އެވެ. އެ ކައިވެނި ވަރަށް ސިއްރުން ކުރި ކަމަށްބުނެ މިދިޔަ ހަފްތާގައި އަޑު ފެތުރުނެވެ. އެ...

10 Oct 2022 | 08:41

ބޮލީވުޑްގެ ތަރިން ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ކައިވެންޏާއި ގުޅޭ ފަހުގެ މައުލޫމާތު ހާމަކޮށްފި އެވެ.

އެ ކައިވެނި ވަރަށް ސިއްރުން ކުރި ކަމަށްބުނެ މިދިޔަ ހަފްތާގައި އަޑު ފެތުރުނެވެ. އެކަމަކު ސިދާތް ހާމަ ކުރި މައުލޫމާތާއި އެކު ދެމީހުން އަދި ކައިވެނި ނުކުރާކަން ވަނީ ޔަގީންވެފައި އެވެ.

ސިދާތް މީޑިއާގައި ބުނީ ކައިވެންޏަށް ތާރީހެއް ކަނޑައެޅޭނީ މަސައްކަތުގެ ޝެޑިއުލްއަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ބުނީ ކައިވެނީގެ ހުރިހާ ކަމެއް ޔަގީންވުމުން ހާމަ ކުރާނެ ކަމަށެވެ.

ދެމީހުންގެ ކައިވެނީގައި އެންމެ މުހިންމު ކަމަކީ އެއްވެސް ކަމެއް ސިއްރު ކުރުން ނޯންނާނެ ކަމަށާއި ހުރިހާ ކަމެއް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ސިދާތު ބުންޏެވެ.

ސިދާތް ބުނީ ދެ ލޯބިވެރިން އެކުގައި ކުޅެން ފިލްމުތަކެއް ކުރިއަށް އެބަހުރި ކަަމަށެވެ. އެކަމަކު އެ ފިލްމުތައް އަދި ފައިނަލް ނުވާތީ ހާމަ ކުރެވެން ނެތް ކަމަށާއި އެކަންވެސް ޔަގީންވުމުން ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ ދެ ތަރިން ރުޅިވި ވާހަކަތަކެއްވެސް ފެތުރިފައި އެވެ. އެކަމަކު ފަހުން ދެމީހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް