ލިއޮނެލް މެސީ އަނިޔާއިން ރަނގަޅުވެ، ޔޫއެފާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ދެވަނަ ލެގުގައި ޕޯޗުގަލް ގެ ބެންފީކާ އާއި ދެކޮޅަށް މެސީ ކުޅޭނެކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އެންމެ ފަހުން ލީގުގައި ރެއިމްސްއާއި ދެކޮޅަށް މެސީ ކުޅެފައެއް ނުވެއެވެ. މެސީއާއި ނުލާ ޕީއެސްޖީ ރެއިމްއާއި ދެކޮޅަށް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މެސީ ވަނީ އަނިޔާއިން ރަނގަޅުވެ ޗެމްޕިއަންސް ލީގުގަައި ބެންފީކާއާއި ދެކޮލަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ތައްޔާރުވުމަށް ބާއްވާ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
އެގޮތުން މިހާތަނަށް ދެ ފަރިތަކުރުން މެސީ ފުރިހަމަ ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މެސީއަށް އަނިޔާވީ އެންމެ ފަހުން ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖުގައި ބެންފީކާއާއި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައެވެ. އެ މެޗުގެ 81 ވަނަ މިނެޓުގައި މެސީ ވަނީ ލިބުނު އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް