ހަށިވިއްކާ ތަންތަން ވަގުތުން ބަންދު ކުރެވޭވަރުގެ ގާނޫނު އެބަހުރި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ބަދުއަހުލާގީ އަމަލުތައް ހުއްޓުވައި އެކަމުން ސަލާމަތް ވުމަށް މިހާރު އޮތް ގާނޫނު ޒަމާނާ ގުޅޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް އިމްރާން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖޭގައި ހެދިފައި ހުރީ މުސްކުޅި ނުވަތަ ކުރީގެ ގާނޫނު ތަކެއް ނޫން ކަަމަށެވެ. ގާނޫނުލް އުގޫބާތަކީވެސް ވަރަށް ފަހުން ފާސް ކުރެވުނު އެއްޗެއްކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ އިޖްތިމާއީ ފޭރާން ވީދައިގެން ދަނީ ގާނޫނެއް ނެތިގެން ނޫން ކަމަށެވެ.
ދިމާވަމުންދާ މައްސަލަ އަކީ ގާނޫނު ތަންފީޒު ނުކުރުމާއި ތަންފީޒު ކުރުމުގައި މީހުންގެ މެދުގައި ތަފާތު ކުރުން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަށި ވިއްކާ ތަންތަން ވަގުތުން ބަންދު ކުރެވޭނެ ގާނޫނު އެބަހުރި ކަމަށެވެ.
https://twitter.com/Mohamedshaheem1/status/1579342526578053122
ހަށި ވިއްކުމުގެ ވިޔަފާރި ނުހުއްޓުވާ މައްސަލައިގަ ވާހަކަ ދައްކަން ފަށާފައި މިވަނީ މި ކަން ފުޅާކޮށް ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުންދާ ކަމަށް ވާހަކަ ދެކެވެން ފަށާފައި ވަނިކޮށެވެ. އަދި ސަރުކާރުން ހަށިވިއްކުމުގެ ވިޔަފާޜި ހުއްޓުވަން މިހާރު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ތުހުމަތު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް