ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި 2 މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ ދެ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. އެގޮތުން ހޯދަން އިއުލާނުކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން...

10 Oct 2022 | 06:23

ފުލުހުން ތަހުގީގު ކުރަމުން އަންނަ ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރައިގެ ދެ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

އެގޮތުން ހޯދަން އިއުލާނުކޮށްފައިވަނީ ޏ. ފުވައްމުލައް. ދޫޑިގަން / ނިއުވެލީ، އިބްރާހިމް ޝާހީން (35އ) އާއި ޖަލީލް މިއާ، ބަންގްލަދޭޝް (35އ) އެވެ.

މި ދެ މީހުންގެ ތެރެއިން އިބްރާހިމް ޝާހީން ހޯދަމުން އަންނަނީ ލ. ގަން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

ޖަލީލް މިއާ ހޯދަމުން އަންނަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ދެމީހުންގެ ތެރެއިން އިބްރާހިމް ޝާހީން އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި ޖަލީލް މިއާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1ގެ ޕޮލިސް ސްޓޭޝަން ނަންބަރު 9980062 އަށް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް