ވެނެޒުއޭލާގައި ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެ 52 މީހުން ގެއްލިއްޖެ

ވެނެޒުއޭލާއަށް ކުރަމުންދާ ވިއްސާރައިގަ ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ކަރަކަސްގެ ދެކުނުގައި އޮންނަ ލަސް ތެޖަރިއަސް ސިޓީގައި އެވެ. އެ ސިޓީއަކީ މި...

10 Oct 2022 | 06:17

ވެނެޒުއޭލާއަށް ކުރަމުންދާ ވިއްސާރައިގަ ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ކަރަކަސްގެ ދެކުނުގައި އޮންނަ ލަސް ތެޖަރިއަސް ސިޓީގައި އެވެ. އެ ސިޓީއަކީ މިހާރު ކުރަމުންދާ ވިއްސާރައިގަ އެންމެ ގިނަ ބަޔަކު ހާލުގައި ޖެހެމުންދާ ތަނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 22 މީހުން މަރުވުުގެ އިތުރުން 52 މީހުން ވަނީ ވީ ނުވީއެއް ނޭނގި ގެއްލިފައި އެވެ. އެމީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެ ސިޓީގެ ބޮޑު ސަރަހައްދެއްގެ ބިންގަނޑު ކަނޑައިގެން ދިޔައީ އެލް ޕަޓޯ ކިޔާ ކޯރެއް ފުރިގެން ބަންޑުން ގޮސްގެންގޮސް އާންމުން ދިރިއުޅޭ ސަރަހައްދުގައި ފެންބޮޑުވުމަށް ފަހު އެވެ. ފެންބޮޑުވި ތަންތަނުގެ ތެރޭގައި ގޭގެއާއި ފިހާރަތައް ހިމެނެ އެވެ.

މިއީ މިއަހަރު ތެރޭގައި ވެނެޒުއޭލާއަށް ވިއްސާރައިގަ ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް އެ ގައުމުގެ ސަރުކާރާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް