ސިއްދޫ މޫސޭވާލާގެ ގާތިލު ލޯބިވެރިޔާ ރާއްޖެ އަންނަން އުޅެނިކޮށް އަތުލައިގެންފި

ޕަންޖާބު ލަވަކިޔުންތެރިޔާ ސިއްދޫ މޫސޭވާލާގެ ގާތިލު ކަމަށް ތުހުމަތުކުރެވޭ ދީޕަކް ތީނޫގެ ލޯބިވެރިޔާ ފިލައިގެން ރާއްޖެ އަންނަން އުޅެނިކޮށް އަތުލައިގެންފިއެވެ. އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގަ...

10 Oct 2022 | 02:04

ޕަންޖާބު ލަވަކިޔުންތެރިޔާ ސިއްދޫ މޫސޭވާލާގެ ގާތިލު ކަމަށް ތުހުމަތުކުރެވޭ ދީޕަކް ތީނޫގެ ލޯބިވެރިޔާ ފިލައިގެން ރާއްޖެ އަންނަން އުޅެނިކޮށް އަތުލައިގެންފިއެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ތީނޫގެ ލޯބިވެރިޔާ އަތުލައިގަތީ ރޭގެ ވަގުތެއްގައި ދިއްލީ އެއާޕޯޓުންނެވެ. އޭނާގެ މަންޒިލަކީ ރާއްޖެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ތީނޫގެ ލޯބިވެރިޔާގެ ވަނަވަރު އިންޑިއާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ތީނޫގެ ލޯބިވެރިޔާ ހައްޔަރުކޮށްފައިވާއިރު މި މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ކްރައިމް އިންވެސްޓިގޭޝަން އޭޖެންސީގެ މަންސާ ޑިސްޓްރިކްޓްގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުއްޓާ ތީނޫ ވަނީ ފިލާފައެވެ. ތީނޫ ފިލުވުމުގައި، ރޭގައި ހައްޔަރުކުރި ތީނޫގެ ލޯބިވެރިޔާގެ ބައިވެރިވުން ބޮޑުކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ތީނޫ ބަންދުން ފިލީ މުއްދަތު މަޖިލީހަށް ހާޒިރުކުރި މަގުމަތީގައެވެ. ތީނޫ ފިލުމުން އެ މައްސަލައިގާ މަންސާ ޑިސްޓްރިކްޓްގެ ސީއައިއޭ އިންޗާޖް ވަނީ މަގާމުން ދުރުކޮށް ހައްޔަރުކޮށްފައެވެ.

މި އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު ސިއްދޫ މޫސޭވާލާ މަރާލީ އޭނާ އޭނާގެ ޖިޕްގައި ދަނިކޮށް ކުއްލިއަކަށް ބަޔަކު ކުރިމަރައި އޭނާގެ ގަޔަށް ގިނަ އަދަދެއްގެ ވަޒަން އަމާޒުކޮށްގެންނެވެ. ސިއްދޫ މޫސޭވާލާގެ މަރުގެ ޒިންމާ ލޯރެންސް ބިޝްނޯއީ ކިޔާ މީހެއްގެ ގޭންގަކުން އުފުލާފައިވާއިރު ދީޕަކް ތީނޫ ނިސްބަތްވަނީ އެ ގޭންގަށެވެ. ސިއްދޫ މޫސޭވާލާއަށް ހަމަލާދިން މީހުންގެ ތެރޭގައި ތީނޫ ހިމެނޭކަމަށް ތުހުމަތު ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް