ގޭބީސީތަކުން ކުނި ނުނަގައި ހުންނަ ނަމަ، 7998047 އަށް ގުޅާލާ - މިއީ ވެމްކޯގެ ހޮޓްލައިން

ގޭބީސީތަކުން ކުނި ނުނަގައި ހުންނަ ނަމަ، އެކަން އަންގާނެ ހޮޓް ލައިނެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތަޢާރަފް ކޮށްފި އެވެ. އެ ކުންފުނިން ބުނީ މިއީ ފަސޭހައިން ޚިދުމަތް ދިނުމަށް ތަޢާރަފްކު...

10 Oct 2021 | 18:42

ގޭބީސީތަކުން ކުނި ނުނަގައި ހުންނަ ނަމަ، އެކަން އަންގާނެ ހޮޓް ލައިނެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތަޢާރަފް ކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއީ ފަސޭހައިން ޚިދުމަތް ދިނުމަށް ތަޢާރަފްކުރި ނަމްބަރެއް ކަމަށާއި މި ނަމްބަރަށް ވައިބަރ އިން މެސެޖު ކޮށްގެން ޚިދުމަތް ހޯދޭނެ ކަމަށެވެ.

ވެމްކޯ ގައި ރެޖިސްޓްރީކޮށްފައިވާ ގޭބިސީތަކުން ކުނި ނުނަގާ ނުވަތަ އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ، ހޮޓްލައިން ނަންބަރ 7998047 މެދުވެރިކޮށް އެންގުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ވެމްކޯ އިން ބުނީ ރަސްމީ ގަޑީގައި، ފޭސްބުކް އާއި ޓްވީޓަރ އަދި ވައިބަރ މެދުވެރިކޮށް މެސެޖު ކޮށްގެން ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށް ވެސް ބުންޏެވެ. އަދި ކޯލް ސެންޓަރު މެދުވެރިކޮށް، 1666 އަށް ގުޅައިގެން ކޮންމެ ދުވަހެއްގެ ވެސް ރޭގަނޑު 11:30 އަށް ޚިދުމަތްތަކާ ގުޅުންހުރި ކަންކަން އޮޅުންފިލުވޭނެ ކަމަށް ވެސް ބުންޏެވެ.

ވެމްކޯއިން ވަނީ މިހާރު ރެޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރީ ކުރުމަށާއި މަގުތަކަށް ކުނި ނުނެރުމަށް އިލްތިމާސް ކޮށްފަ އެވެ.

https://twitter.com/WAMCOmv/status/1447096388899127299

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް