ސާފް ޗެމްޕިއަންޝިޕް 2021: ފަހުވަގުތު ޗެތްރީ ޖެހި ގޯލުން އިންޑިއާއަށް މުހިންމު މޮޅެއް

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކޮށްފި އެވެ. ނޭޕާލާ ބައްދަލުކުރި މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތްރީ އެވެ. މިއީ މ...

10 Oct 2021 | 17:57

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ކުޅުނު މެޗު އިންޑިއާއިން ކާމިޔާބުކޮށްފި އެވެ.

ނޭޕާލާ ބައްދަލުކުރި މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސުނިލް ޗެތްރީ އެވެ.

މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

މި ނަތީޖާއާ އެކު ސާފް ޗެމްޕިއަންޝިޕް ގައި ނޭޕާލުން ފައިނަލުގައި ކުޅުމަށް ކުރަމުން އައި އުއްމީދަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.

މި މެޗުގައި ކެޕްޓަން ސުނިލް ޗެތުރީއަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ފަހިވެ، ބޭކާރުވެފަ އެވެ.

މިރޭގެ ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގާ އިންޑިއާ އޮތް އިރު، ތިން މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. ދެވަނައިގާ ނޭޕާލް އޮތީ ދެމެޗުން 6 ޕޮއިންޓާއެކުގަ އެވެ.

ތާވަލުގެ އެއްވަނަ ރާއްޖެއަށް މިވަގުތު ލިބެނީ ތިން މެޗުން ހަ ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ނެވެ.

މިއަހަރު ސާފް ޗެމްޕިއަންޝިޕްގައި ދެން އޮންނާނީ ލީގު ބުރުގެ ފަހުދެޗެވެ. މި ދެމެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ބަންގުލަދޭޝްއާއި ނޭޕާލް އެވެ. އެރޭ 9 ޖަހާއިރު ރާއްޖެ ބައްދަލުކުރާނީ އިންޑިއާ އާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް