ކުޅުދުއްފުށީ ސިޓީގަ ކޯވިޑް ކޭސްތަކެއް، 24 ގަޑިއިރުތެރޭ 10 މީހުން ޕޮސިޓިވް

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19ގެ ކޭސްތައް ފެންނަމުން ދާތީ ސަމާލުވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ. އެ ހޮސްޕިޓަލުން ބުނީ މިއަދު އަލަށް 10 މީހަކު ކޯވިޑް ޕޮސިިޓިވްވެފައިވާ ކަ...

10 Oct 2021 | 15:32

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19ގެ ކޭސްތައް ފެންނަމުން ދާތީ ސަމާލުވުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މިއަދު އަލަށް 10 މީހަކު ކޯވިޑް ޕޮސިިޓިވްވެފައިވާ ކަމަށެވެ. އެ އެންމެންނަކީ އިއްޔެ އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ބަލީގެ އަލާމާތްތަކާއި އެކު ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ކުރި އިރު ޕޮސިޓިވްވި މީހެއްގެ ކޮންޓެކްޓުންނެވެ.

މި ކޭސްތަކާއި އެކު ޖުމްލަ އެ ސިޓީގައި ކޯވިޑް ޖެހިފަ ތިބި 13 މީހުން އެބަތިއްބެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

ރަށުތެރެއަށް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ހުމާއި ރޯގާގެ އަލާމާތްތައް ހުރި ހުރިހާ އެންމެން ކޯވިޑަށް ޓެސްޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ފުލޫ އޯޕީޑީއަށް ގޮސްގެން، 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފަވެ އެވެ.

މީގެ ކުރިން އެންމެ ދެ ކޭސްއެއް ފެނިގެންވެސް ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެކަމަކު މިފަހަރު އަދި މޮނިޓަރިންއަށް ލާން މަޝްވަރާ ކުރަމުންދާކަމެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ކޯވިޑް ފެތުރޭތީ މިހާރުވެސް މޮނިޓަރިންގެ ހާލަތުގައި 15 ވަރަކަށް ރަށް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް