މާލޭގެ މަގުމަތީ ފެން ބޮޑުވާތީ ބިމު އަޑީގައި ސްޓޯރޭޖް ސިސްޓަމްތަކެއް ޤާއިމު ކުރަނީ

މާލޭގެ މަގުމަތީގައި ފެންބޮޑުވާތީ މިމައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބިމުއަޑީގައި ފެން ރައްކާކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޤާއިމު ކުރަން ޕްލޭނިން އެންޑް ހައުސިންގ މިނިސްޓްރީން ނިންމ...

10 Oct 2021 | 15:01

މާލޭގެ މަގުމަތީގައި ފެންބޮޑުވާތީ މިމައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބިމުއަޑީގައި ފެން ރައްކާކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޤާއިމު ކުރަން ޕްލޭނިން އެންޑް ހައުސިންގ މިނިސްޓްރީން ނިންމައިފި އެވެ.

މިއަދު އެ މިނިސްޓްރީއިން ކުރެއްވި އިއުލާނެއްގައި ބުނެފައިވަނީ ވޯލްޑް ބޭންކުން ދިވެހި ސަރުކާރާށް ދީފައިވާ ހިލޭ އެހީ އަދި ލޯނު ގެ ގޮތުގައި ލިބިފައިވާ ފައިސާއިން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓުގެ ދަށުން ޑިވެލޮޕް ޑިިޒައިން އެންޑް ޕްރިިޕެރޭޝަން އޮފް ޓެންޑާ ޑޮކިއުމެންޓްސް ފޯ މާލެ ސްޓޯމްވޯޓާ މެނޭޖްމަންޓް ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ވެރިރަށް މާލޭގައި ވިއްސާރަވުމުން ފެންބޮޑުވާ މިންވަރު ދިރާސާ ކޮށް، ފެން ބިމުގެ އަޑީގައި ރައްކާކުރުމަށްޓަކައި ސްޓޯރޭޖް ސިސްޓަމްތަކެއް ޑިޒައިން ކުރުން ކަމަށް ހާމަކޮށްފައިވެއެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ތައުލީމީ ސެޓްފިކެޓްތަކާއި ވަނަވަރު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއަށް ހުށައެޅުމަށް އެ މިނިސްޓްރީ އިން އިއުލާނުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް