ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި ހުރި ބައެއް ތަކެތި ނީލަންކިޔަނީ

ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުކަމުގައިވާ މުލިއާގޭގައި ހުރި ބައެއް ބާތަކެތި ނީލަން ކިޔަން އިއުލާނެއްކޮށްފި އެވެ. މުލިއާގެއިން ނެރެފައިވާ އިއުލާނެއްގައި ވަނީ ކުރީގައި ބޭނ...

10 Oct 2021 | 14:15

ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުކަމުގައިވާ މުލިއާގޭގައި ހުރި ބައެއް ބާތަކެތި ނީލަން ކިޔަން އިއުލާނެއްކޮށްފި އެވެ.

މުލިއާގެއިން ނެރެފައިވާ އިއުލާނެއްގައި ވަނީ ކުރީގައި ބޭނުންކޮށް ބާވެފައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ބޭނުންވާ ކަމަށެވެ.

މި ސާމާނުތަކުގެ ތެރޭަގައި ދުވަސްވެ، ބާވެފައިވާ އޭސީއަކާއި ދޮންްނަ މެޝިނެއްގެ ބައިތައް ނީލަން ކިޔަން ބޭނުންވާކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ނީލަން ކިޔުން ހަމަޖެހިފައިވަނީ ރަންޖެހިކޮށީގައި މިމަހުގެ 20 ވަނަ ދުވަހު އެވެ. ނީލަން ކިޔަން ހަމަޖެހިފައިވާ ގަޑިއަކީ އެދުވަހުގެ 09:30 ގަ އެވެ.

މުލިއާގެއަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ރައީސުން ދިރިއުޅުއްވަން ދަޢުލަތުން ހަމަޖައްސަވާފައި ހުންނަ ރަސްމީ ގެކޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް