ދުބާއީން 136 މިލިއަން ޑޮލަރުގެ އަގުހުރި ކޮކޭން އަތުލައިގެންފި އެވެ.
އެގައުމުގެ ފުލުހުން އަތުލައިގަތް 500 ކިލޯގެ ކޮކެއިން އަކީ މިހާތަނަށް މި ސަހައްދުގައި ގައުމަކަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ އެންމެ ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗެވެ.
އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ބޮޑު ނެޓްވާރކަކުން ދުބާއީއަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ ތަކެއްޗެވެ. އަދި މި ޝިޕްމަންޓާއެކީ މިހާތަނަށް ހައްޔަރު ކޮށްފައިވަނީ އެންމެ މީހެއްކަމަަށް ވެސް ވަނީ ބުނެފަ އެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މިތަކެތި ރައްކާކޮށްފައިހުރީ ކަނޑު މަގުންއައި ކޮންޓެއިނަރއެއްގެ ޕެނަލްތަކުގެ ތެރޭގައި ކަމަށެވެ.
"އޮޕަރޭޝަން ސްކޯޕިއަން"ގެ ނަމުގައި ކުރިޔަށް ދުބާއީ ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މި ކޮންޓެއިނަރ ވެއަރ ހައުސްއަށް ގެންދަންދެން ފުލުހުން ވަނީ ހުރިހާ ހަރަކާތްތަކެއް ބަލާ، ވީޑިއޯ ކޮށްފަ އެވެ.
އެގޮތުން މި ކޮންޓެއިނަރ ވެއަރ ހައުސްއަށް ގެންދިއުމުން، ވެއަރހައުސް ރެއިޑް ކޮށް، އެމީހާ "ރެޑް ހޭންޑް"ކޮށް ހައްޔަރުކުރި މަންޒަރުގެ ވީޑިއޯ ފްޓޭޖުވަނީ އާންމުކޮށްފަ އެވެ.
https://twitter.com/DubaiPoliceHQ/status/1447159086668259328?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1447159086668259328%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F65944%2F
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް