ސާފް ޗެމްޕިއަންޝިޕް 2021: އަޝްފާގުގެ ގޯލުން ލަންކާ ބަލިކޮށް ރާއްޖެއިން ފައިނަލުގެ އުއްމީދު އައު ކޮށްފި

މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކޮށް ފައިނަލުގެ އުއްމީދު އައު ކޮށްފި އެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ސްރީލަންކާ އާއެވެ. މި މެޗު...

10 Oct 2021 | 12:57

މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކޮށް ފައިނަލުގެ އުއްމީދު އައު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި ސްރީލަންކާ އާއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު 6 ވަނަ މިނެޓުގައި ޖަހައިދިނީ އެފަދަ ދެވަނައެއް ނެތް ސަރަަހައްދީ ފޯވަރޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ރާއްޖޭގެ މި ލަނޑަށް ފަހު ވެސް، ވަނީ ގިނަ ފުރުސަތުތަކެއް ރާއްޖެ ޓީމަށް ލިބިފަ އެެވެ. އެގޮތުން އަލީ ފާސިރު (ސެންޓޭ) ވަރަށް ރީތިކޮށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެސް ވަނީ ދެތިން ހަމަލާ ލިބި، ބޭކާރުވެފަ އެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ވެސް ދިވެހި ޓީމުން ނެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ނުގެނެވުނެވެ.

މި ނަތީޖާއާއެކު ރާއްޖެ ކުޅުނު 3 މެޗުން 2 މެޗު ކާމިޔާބުކޮށް ވަނީ 6 ޕޮއިންޓު ހޯދާފަ އެވެ.

މި މުބާރާތުގައި ރައްޖެ ދެން ކުޅެން ޖެހޭނީ ސާފް މުބާރާތުގެ އެންމެވަރުގަދަ ޓީމު ކަމަށްވާ އަވަށްޓެރި އިންޑިއާ އާއެވެ. މި މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރެ އެވެ. މިއީ ލީގުގެ ފަހު މެޗު ވެސް މެއެވެ.

މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ނޭޕާލް އާއި އިންޑިއާ އެެވެ. މި މެޗު ފަށާނީ ރެގަނޑު 9 ޖަހާ އިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް