ރާއްޖޭގައި ޑޮލަރުގެ ރޭޓް ހިފަހައްޓަން އައިއެމްއެފް އިން އިލްތިމާސް ކޮށްފި

ރާއްޖޭގައި އެމެރިކާ ޑޮލަރުގެ ރޭޓް އުފުލުނަ ނުދީ ހިފަހައްޓަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް އިލްތިމާސްް ކޮށްފިއެވެ. އައިއެމްއެފް އިން މިކަމަށް ލަފާ އަރުވާފައިވަނީ...

10 Oct 2021 | 11:03

ރާއްޖޭގައި އެމެރިކާ ޑޮލަރުގެ ރޭޓް އުފުލުނަ ނުދީ ހިފަހައްޓަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް އިލްތިމާސްް ކޮށްފިއެވެ.

އައިއެމްއެފް އިން މިކަމަށް ލަފާ އަރުވާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދިރާސާ ކުރުމަށްފަހުއެވެ. ރާއްޖޭގައި ޑޮލަރު މާރު ކުރަމުން އަންނަ ރޭޓަކީ 15.42 އެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން އިގްތިޞާދު ހީނަރުވެ މި އަދަދު 20 ރުފިޔާ އަށް އަރައިފައިވެއެވެ.

އައިއެމްއެފްއިން ރާއްޖޭގެ އިޤްތިޞާދު ދިރާސާ ކުރުމަށްފަހު ނެރެފައިވާ ބަޔާނުގައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދުގެ އުފެއްދުންތެރިކަން ދަށަށް ދިޔަ ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެެއްގައި ބިނާވެފައިވާ ފަތުރުވެރިކަންވެސް އެހާލަތުން އަރައިގަނެވި ރަނގަޅުވަމުން އަންނަކަން ހާމަ ކޮށްފައިވެއެވެ.

އައިއެމްއެފް އިން ފާހަގަ ކޮށްފައިވާގޮތުން ލޯނު ނެގުން މިދަނޑިވަޅަށް މަޑުޖައްސާލާ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން އިލްތިމާސް ކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ދަރަނިތައް ބޮޑުކަން ފާހަގަ ކޮށް ދަރަނިތައް ހަރުދަނާ ގޮތެއްގައި މެނޭޖް ނުކުރެވިއްޖެނަމަ ދަރަނީގެ އަނދަވަޅަކަށް ވެއްޓިދާނެ ކަން ހާމަކޮށްފައިވެއެވެ.

އިތުރަށް އައިއެމްއެފް އިން ފާހަގަ ކުރައްވާފައިވާ ގޮތުގައި ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ރާއްޖޭގެ ރިޒާވް އިތުރުކޮށް ހަރުދަނާ މަނިޓަރީ ޕޮލިސީތަކެެއް ކަނޑައަޅަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް