ވިސާއާ ނުލައި މިމަހު 15ން ފެށިގެން ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަދައިފި

ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ އާއި ނުލައި އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ފޮރިން މިނިސްޓަރ...

10 Oct 2021 | 10:38

ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް ވިސާ އާއި ނުލައި އިންޑިއާއަށް ދަތުރު ކުރުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.

މި ނިންމުމަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެގައުމުގެ ދެމެދުގައި 2018 ވަނަ އަހަރު އެކުލަވާލާފައިވާ ވިސާ އެގްރިމެންޓަށް އަލުން އަމަލު ކުރަން އިންޑިއާއިން ނިންމާފައިވާތީ އުފާ ކުރައްވާ ކަމަށެވެ. ޝާހިދު ވިދާޅުވީ އެ އެއްބަސްވުން ވަގުތީ ގޮތުން ސަސްޕެންޑު ކުރީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރުމުން މިދިޔަ އަހަރު ކަމަށެވެ.

އެކަމަކު އިންޑިއާ އާއި ކުރެވުނު މަޝްވަރާތަކަށް ފަހު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަލުން އެ އެގްރިމެންޓަށް އަމަލު ކުރަން ފަށަން އެ ގައުމުން ނިންމީ ކަމަށެވެ. އަދި މި އެގްރިމެންޓުގެ ދަށުން ސިއްހީ ފަރުވާ، ވިޔަފާރީގެ ބޭނުމުގައި އަދި ޓޫރިސްޓުންގެ ގޮތުގައި ވިސާ އާއި ނުލާ 90 ދުވަހަށް ދިވެހިންނަށް ދަތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ވިސާ މައްސަލަ ހައްލުވެފައި މިވަނީ އިންޑިއާއަށް ބޭސް ފަރުވާއަށް ދާ މީހުންގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އަދި ވިސާ ހޯދަން އުފުލަންޖެހޭ ތަކުލީފު ބޮޑުވެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް