އެންމެ ފަހުން ސަލްމާންވެސް ޔޮހާނީ އާއެކު "މަނިކޭ މަގޭ ހިތޭ" ކިޔައިފި

ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ދި ސިލްވާ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" އަކީ މިދިޔަ ދެ ތިން މަސްތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ވައިގަ ހިފައިގެން އުޅޭ ލަވަ އެވެ. ސިންގަޅަ ބ...

10 Oct 2021 | 10:31

ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ދި ސިލްވާ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" އަކީ މިދިޔަ ދެ ތިން މަސްތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ވައިގަ ހިފައިގެން އުޅޭ ލަވަ އެވެ.

ސިންގަޅަ ބަހުން ކިޔާފައިވާ މި ލަވަ އިންޑިއާގެ ގިނަ ބަސްބަހުން މިހާރު ވަނީ ހަދާފަ އެވެ. އަދި އެލަވަ އާއި އެއްވަރަށް ޔޮހާނީ ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި މަޝްހޫރުކަން ހޯދާފަ އެވެ.

ލަވަޔަށް ލިބުނު މަޝްހޫރު ކަމާއި އެކު ބޮލީވުޑުން ގިނަ ހުށަހެޅުންތަކެއް ލިބެމުންދާތީ ޔޮހާނީ މިހާރު ހުރީވެސް އިންޑިއާގެ މުމްބާއީގަ އެވެ. އޭނާ ދަނީ ނޫސްތަކަށް އިންޓަވިއުދީ ޝޯތައް ހުށަހަޅައި، ރިއަލިޓީ ޝޯތަކުގައި މެހުމާނެއްގެ ގޮތުގައިވެސް ބައިވެރިވަމުންނެވެ.

އެގޮތުން މި ހަފްތާ ބަންދުގައި އޭނާ ބައިވެރިވީ ކަލާސްއިން ދައްލާ "ބިގް ބޮސް 15" ގައި މެހުމާނެއްގެ ގޮތުގައި އެވެ.

އެ ޝޯގައި ޔޮހާނީ އެ ލަވަ ކިޔުމުގެ އިތުރުން ހޮސްޓް ސަލްމާން ހާންއަށް އެ ލަވަ ކިޔަން ދަސްކޮށްދެ އެވެ. ވަރަށް މަޖާކޮށް ކުރިޔަށް ދިޔަ އެބައިގަ ސަލްމާނަށް "މަނިކޭ މަގޭ ހިތޭ" އެތަންކޮޅުވެސް ކިޔެނީ ވަރަށް މަޖާކޮށެވެ.

އަދި ސިންގަޅަ ބަހުން ކިޔާ ތަންތަން ނޭނގިގެން ސަލްމާން ވަނީ "ހޭންގްއޯވާ" އާއި "ސްރީދޭވީ" ފަދަ ބަސްތައް ބޭނުންކޮށްގެން މަޖާ ނަގާފަ އެވެ.

https://www.youtube.com/watch?v=PgCliOxl41o&t=150s

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޔޮހާނީ ބުނީ "މަނިކޭ މަގޭ ހިތޭ" ލަވަ ރެކޯޑް ކުރިއިރު މިހާބޮޑު މަޝްހޫރުކަމެއް މި ލަވައަށް ލިބިދާނެކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ޔޮހާނީ ބުނީ ލަވަ އާއި އޭނާއަށް ލިބެމުންދާ ސަޕޯޓުން ވަރަށް އުފާވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް