ގއ.ކޮނޑޭގައި ކޮނޑޭގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެވެ.
މި އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފިނީގެ މެނޭޖިންގ ޑިރެކްޓަރ މުރުޝިދާ އަލިމަނިކެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކޮސްފައިވަނީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ.
ދައުލަތުގެ ބަޖެޓުން 7.6 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފަ އެވެ.
އެހެން މިސްކިތްތަކާއި ޚިލާފަށް މި މިސްކިތަކީ ޒަމާނީ ޑިޒައިނަށް ހަދާފައިވާ މިސްކިތެކެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ އެތެރޭގައި އެއްވެސް ތަނބެއް ނުހުންނަ ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް