ނަޝީދު ނުރުހޭތީ އިންޑިއާއާ ދެކޮޅު ޕެޓިޝަނުން ޒަމީރުގެ ސޮއި ނަގައިފި

"އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފ...

10 Oct 2021 | 10:02

"އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި މާލޭ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ކުރެއްވި ސޮއި އަނބުރާ ގެންދަވައިފި އެވެ.

އޭނާ އެ ޕެޓިޝަންގައި ސޮއި ކުރެއްވީ އިއްޔެ އެވެ.

ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޮއި އަނބުރާ ގެންދެވީ އޭނާގެ ދާއިރާގެ މަޖިލީސް މެމްބަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހޭ ކަމަކަށް ވާތީ ކަމަށެވެ. އެކަމަކު އޭނާ ސޮއި ކުރެއްވުމުން އެމްޑީޕީން އެއްޗެއް ބުނެފަ ނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން މައްޗަން ގޯޅި މެދު ދާއިރާގެ އެމްޑީޕީ ގޮފިން ވަނީ ޒަމީރު އެ ޕެޓިޝަންގައި ސޮއި ކުރުން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅުގެ އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.

https://twitter.com/AhmedXamyr/status/1447107865479573505

މިކަމާއި ގުޅިގެން ޒަމީރު މީޑިއާގައި ވިދާޅުވީ، "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަނުގައި ސޮއިކުރެއްވީ، އެ ޕެޓިޝަނުގައި ފާޅުކޮށްފައި ހުރި ކަންބޮޑުވުންތަކާ މެދު އާންމުކޮށް ވާހަކަ ދެއްކެވިި އެ ކަންތައްތައް ހަގީގަތުގައި އޮތް ގޮތް ރައްޔިތުންނަށް ސާފުވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް