ގއ. ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލަ ގެންދަން ފަށައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.
އެކުންފުނިން ބުނީ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުރަތަމަ ޝިޕްމެންޓުގެ ބޮޑު ހިލާ ޕްރޮޖެކްޓު ސައިޓަށް ގެންދިޔައީ އިއްޔެ އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިންހިއްކާނެ ކަމަށެވެ. އަދި 1238 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢަކީ 186.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް