މިއަދު ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ މެޗު ބަލަން ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމަށް ގައުމީ ޓީމުގެ ފޯވާޑު އަލީ އަޝްފާގް ގޮވާލައިފި އެވެ.
އެންމެ ފަހުން ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލު ކުރި މެޗުގައި ދަނގަނޑޭ ވަނީ ޕެނަލްޓީއެއް ކާމިޔާބު ކޮށްދީފަ އެވެ. އެ މެޗައް ފަހު ދަނގަނޑޭ އާއި ގައުމީ ޓީމުން ވަނީ އާ ރޫހެއްގައި މި މުބާރާތް ކާމިޔާބު ކުރުމަށް އަޒުމު ކަނޑައަޅާފައި ކަން އެރޭ ދަނގަޑޭ ބުންޏެވެ.
މިއަދު ފޭސްބުކްގައި ދަނގަޑޭގެ ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗަށް ދިވެހި ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމަކީ ގައުމީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ކަން ދިމާކުރި ގޮތުން މިފަހަރު ދަނޑަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު މަދު ނަމަވެސް އެންމެހާ ސަޕޯޓަރުން ގައުމީ ޓީމާއެކު އެމީހަކު ހުރި ހިސާބަކުން ޓީމަށް ހިތްވަރު ދިނުމުގައި ތިބުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ދަގަނޑޭ ބުންޏެވެ.
އަދި، ދިވެހި ސަޕޯޓަރުންގެ ހެޔޮ ދުއާ ގައުމީ ޓީމާ އެކު ވާނެ ކަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް