ހުޅުމާލޭ ދެ ވަނަ ފިޔަވަހިން އަލަށް އާބާދުވާ ސަރަހައްދުތަކުގެ ތެރެއިން އެއް ފަހަރާ އެންމެ ގިނަ ބަޔަކު އާބާދުވާ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި، ފުރަތަމަ ފިހާރަ ހުޅުވައިފި އެވެ.
ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އަލަށް ހުޅުވި ފިހާރަ ހުންނަނީ ޓަަވަރު 12ގައި ކަމަށެވެ.
އެ ފިހާރައިން އާންމުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ތަކެއްޗެއް ލިބެ އެވެ. އޭގެ ތެރޭގައި ގޭތެރޭގެ ހިފާ ގެންގުޅޭ ސާމާނާއި ކައްކާ ސާމާނާއި މޭވާ އަދި ތަރުކާރީ ހިމެނެ އެވެ.
https://twitter.com/hdcmaldives/status/1447086595048292361
"ހިޔާ ފުލެޓުތަކުގައި މިހާރު މީހުން އާބާދުވަމުން ދާއިރު ، 12 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި އެޗް.ސީ.ޔޫ މާޓުގެ ނަމުގައި ފުރަތަމަ ފިހާރަ ހުޅުވައިފި." އެޗްޑީސީން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް