ރ. އިނގުރައިދޫން ގެއްލިގެން އުޅުނު މީހާ ފެނިއްޖެއެވެ.
އެރަށު ކައުންސިލުން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ އެރަށު ސަނީސައިޑް، ޢަލީ ގާސިމް އެވެ.
އޭނާ ވަނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ދޯންޏާއެކު ފަޅު ތެރެގައި ހުއްޓާ ފެނިފަ އެވެ.
އެމީހާ ގެއްލިގެން ހޯދަން ފެށި އިއްޔެ އެވެ.
އޭނާ އިއްޔެ ފަތިހުގެ ވަގުތެއްގައި ވަދާ ދިޔަގޮތަށް އައިސްފައިނުވާކަމަށް ބުނެ އޭނާ ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުވެސް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް