މަހުލޫފު އެނބުރި ރަސްމީ މަސައްކަތުގައި: ޓިކެޓް މައްސަލައަށް ހައްލެއް ހޯދައިދެނީ

ސަސްޕެންޝަނުން ވީއްލި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ރަސްމީ މަސައްކަތަށް އެނބުރި ރުޖޫޢަވުމާއެކު ސާފް ޗެންޕިއަންޝިޕްގައި ޓިކެޓް ހޯދުމަށް ހުރި ދަތިތައް ފިއްލަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފިއ...

10 Oct 2021 | 08:29

ސަސްޕެންޝަނުން ވީއްލި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ރަސްމީ މަސައްކަތަށް އެނބުރި ރުޖޫޢަވުމާއެކު ސާފް ޗެންޕިއަންޝިޕްގައި ޓިކެޓް ހޯދުމަށް ހުރި ދަތިތައް ފިއްލަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފިއެވެ.

މަހުލޫފުގެ ސަސްޕެންޝަން އުވާލާފައިވަނީ ހަތަރު މަސް ދުވަސްވީއިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައި ނުވާތީއެވެ. މަހުލޫފު ސަސްޕެންޝަންގައި ހުންނެވީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.

މަހުލޫފު އެނބުރި ރަސްމީ މަސައްކަތްތަަކަށް ނުކުމެވަޑައިގެންނެވުމުން ޔޫތް މިނިސްޓްރީގެ މުވައްޒަފުން ވަނީ ހޫނު މަރުހަބާއެއް ވެލާނާގޭގައި ކިޔާފަ އެވެ.

https://twitter.com/AhmedMahloof/status/1447052185431252996

މަހުލޫފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވުމުން މަހުލޫފް ސަސްޕެންޑް ކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުއެވެ. އެ މައްސަލަ ދިގުލައިގެންދާތީ އަވަހަށް ނިންމައިދޭން މަހުލޫފް ވެސް މީގެކުރިން ވަނީ އެދިވަޑައިގެންފައެވެ.

މަހުލޫފު ވިދާޅުވީ އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށްއެދޭ ކަމަށެވެ. އަދި "އެފްއޭއެމްއާ ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް،މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން." ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް