ސުޕަރ ޑާންސް ޗެޕްޓަރ 4 ފްލޮރީނާ ގޯގޯ ހޯދައިފި

ސުޕަރ ޑާންސް ޗެޕްޓަރ 4 ފްލޮރީނާ ގޯގޯ ހޯދައިފި އެވެ. ސޮނީ އެންޓަޓެއިންމެންޓުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ މި ޝޯވ، ފްލޮރީނާ ކާމިޔާބުކުރީ ސަންޗިތު ޗަނާނާ، ޕްރިތުވިރާޖް ކޮންގާރީ، އީޝާ މިޝްރާ އ...

10 Oct 2021 | 08:10

ސުޕަރ ޑާންސް ޗެޕްޓަރ 4 ފްލޮރީނާ ގޯގޯ ހޯދައިފި އެވެ.

ސޮނީ އެންޓަޓެއިންމެންޓުން ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ މި ޝޯވ، ފްލޮރީނާ ކާމިޔާބުކުރީ ސަންޗިތު ޗަނާނާ، ޕްރިތުވިރާޖް ކޮންގާރީ، އީޝާ މިޝްރާ އަދި ނީރްޖާ ތިވާރީ ވާދަކޮށްގެން ނެވެ.

ކުޑަކުދިންގެ ޑާންސް ހުނަރު ދައްކުވައިދީ، އެ ފަންނު ކުރިއެރުވުމަށް ބާއްވާ "ޑާންސް ރިއަލިޓީ ޝޯވ"ގެ މިފަހަރު ކާމިޔާބު ކުރި ފަރާތްތައް ސޮނީ އެންޓަޓެއިންމެންޓުން ވަނީ 15 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ފްލޮރީނާގެ ކޮރެއޯގްރާފަރެއް ގޮތުގައި މަސައްކަތްކުރު ތުޝާރް ޝެޓީއަށް ވަނީ ފަސް ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މި މުބާރާތުގެ ދެ ވަނަ ޕްރިތުވިރާޖަށް ލިބުނު އިރު، ތިން ވަނަ ހޯދީ ސަންޗިތު އަށެވެ. އަދި ހަތަރު ވަނަ ނީރްޖާ، ހޯދި އިރު، ފަސް ވަނަ ލިބުނީ އީޝާ އަށެވެ.

މި މުބާރާތުގެ ކޮންމެ ފައިނަލިސްޓަށް އެއްލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވަނީ ދީފަ އެވެ.

މިއަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު ދައްކަން ފެށި "ސުޕަރ ޑާންސާ ޗެޕްޓަރ 4" 13 ބައިވެރިޔަކު ވަނީ ވާދަކޮށްފަ އެވެ.

މިއަހަރުގެ ސީޒަންގައި ވެސް ޖަޖުކުރީ ކޮރެއޯގްރާފަރު ގީތާ ކަޕޫރާއި ބަތަލާ ޝިލްޕާ ޝެޓީ އަދި ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ. ހޯސްޓްކުރީ ރިތުވިކް ދަންޖާނީއާއި ޕަރީތޯޝް ތުރިޕާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް