އައްޑޫ ސިޓީގައި ހަރަކާތްތެރިވަނީ އެންމެ 128 ފުލުހުން

އައްޑޫ ސިޓީގައި ހަރަކާތްތެރި ވަނީ އެންމެ 128 ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނޫސްވެރިންނ...

10 Oct 2021 | 07:53

އައްޑޫ ސިޓީގައި ހަރަކާތްތެރި ވަނީ އެންމެ 128 ފުލުހުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ މި އަދަދު އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ސީޕީ ވިދާޅުވިގޮތުގައި އައްޑޫ ސިޓީ އަކީ އާބާދީގެ ގޮތުން 35،000 އެެއްހާ މީހުން ދިރިއުޅޭ ތަނެއްކަމަށެވެ. އެހެން ކަމުން ކުށްކުށަށް އަރައި ގަންނަ އަދަދު އިތުރުވެ، ކުށްކުރާ ގޭންގުތަކުގެ ގޮތުގައި 12 ގުރޫޕެއް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ 1،540 މީހުނާއި އެހެނިހެން ކުށްކުރާ 19 މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސީޕީ ވިދާޅުވިގޮތުގައި މި މައްސަލަތަކަށް ހައްލު ހޯދުމަށް މިހާރު އެސިޓީއަށް ފުލުހުންނާއި ފުލުހުންގެ މަސައްކަތައް ބޭނުންވާނޭ ރިސޯސަސް އިތުރުކުުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށެވެ.

ސީޕީ އައްޑޫ ސިޓީއަށް ދަތުރު ކުރައްވާފައިވާއިރު ދާދި ފަހުން އައްޑޫ ސިޓީގެ ކައުންސިލުން ވަނީ އެސިޓީގައި މާރާމާރީ އިތުރުވެ، އެ ސިޓީގައި ހަރަކާތްތެރިވާ ފުުލުހުންގެ މަދު ކަމުން ކަންބޮޑުވުން ފާޅު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް