ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓުގައި ޕަރިނީތީ އާއެކު "އޫންޗައި" މަންޒަރުތަކެއް ނަގައިފި

ބޮލީވުޑްގެ ބަލަތާ ޕަރިނީތީ ޗޯޕްރާގެ ކުރިޔަށް އޮތް ފިލްމު "އޫންޗައި" ގެ މަންޒަރުތައް ނޭޕާލްގައި ނަގަން ފަށައިފި އެވެ މި މަހު އެކެއްގައި ފިލްމުގެ ޓީމުން ނޭޕާލަށް ގޮސްފައިވާއިރު މި މަސް ނިމެންދެން އެ ޓީމ...

10 Oct 2021 | 07:19

ބޮލީވުޑްގެ ބަލަތާ ޕަރިނީތީ ޗޯޕްރާގެ ކުރިޔަށް އޮތް ފިލްމު "އޫންޗައި" ގެ މަންޒަރުތައް ނޭޕާލްގައި ނަގަން ފަށައިފި އެވެ

މި މަހު އެކެއްގައި ފިލްމުގެ ޓީމުން ނޭޕާލަށް ގޮސްފައިވާއިރު މި މަސް ނިމެންދެން އެ ޓީމު ނޭޕާލްގައި ފިލްމުގެ އެކި މަންޒަރުތައް ޝޫޓް ކުރާނެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަދި އާދަޔާ ހިލާފު މަންޒިލްގައި ޝޫޓު ކުރަން ޖެހޭ ބައި މިމަހުގެ 9-4 ށް ވަނީ ނިންމާފަ އެވެ.

އެ މުއްދަތުގައި ޝޫޓް ކޮށްފައިވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓު ކަމަށްވާ ނޭޕާލްގެ ލުކްލާ އެއާޕޯޓުގައި ނަގަން ޖެހޭ މަންޒަރުތަކެވެ. އެ އެއާޕޯޓަކީ އެންމެ ނުރައްކާތެރި އެއާޕޯޓުގެ ގޮތުގައި ބަލަނީ ފަރުބަދަތަކުގެ މަދުގައި ވަރަށް ބޮޑަށް ބެދިފައި އޮންނަ އެއާޕޯޓަކަށްވުމާއި ރަންވޭވެސް އާންބު ބޮޑު އެއާޕޯޓަކަށްވުރެ ކުރުވުމުންނެވެ.

މި ފިލްމުގައި ޕަރިނީތީ ފެނިގެންދާނީ ޓުއާ ގައިޑެއްގެ ރޯލުންނެވެ. އޭނާ ޓުއާ ގައިޑުކަން ކޮށްދެނީ ނޭޕާލަށްދާ ޓޫރިސްޓުންގެ ގްރޫޕަކަށެވެ. އެ ގްރޫޕުގައި ހިމެނެނީ އަމީތާބު ބައްޗަން، އަނޫޕަމް ކެއިރް، ބޯމަން އިރާނީ އަދި ޑެނީ ޑެންޒޮންގްޕާ އެވެ.

މި ފިލްމުގައި ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ނީނާ ގުޕްތާ އާއި ސާރިކާ ހިމެނެ އެވެ.

މި ފިލްމަކީ އެކުރިވިކަމުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ސޫރަޖް ބަރްޖަތްޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް