ސްރީލަންކާގެ ޔޫތް މިނިސްޓަރު ނަމާލް ރާޖަޕަކްސާ ރާއްޖެ ވަޑައިގެންފި އެވެ.
އޭނާ ރާއްޖެ ވަޑައިގެންނަވާފައިވަނީ ކެންޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނަވަމުންނެވެ.
ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގެންނެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މިއަދު ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ދަނޑަށް ވަޑައިގެންނަވާނެ ކަމަށެވެ.
މި ދަތުރުގައި ދެގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެ އާއި ލަންކާ އަކީ އަބަދުވެސް ގާތް ވަރުގަދަ އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށް ވިދާޅުވި އެވެ.
https://twitter.com/RajapaksaNamal/status/1447069642833367043
ނަމާލް މިއަދުގެ މެޗަށް ރާއްޖެ ވަޑައިގެންނެވި އިރު ސާކްގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވިރަކޫން ވެސް ވަނީ އިއްޔެ ރާއްޖެ ވަދައިގެންފަ އެވެ. އޭނާއަކީވެސް ލަންކާ ބޭފުޅެކެވެ.
މުބާރާތުގައި މިއަދު ލަންކާ ރާއްޖެ އާއި ބައްދަލު ކުރާއިރު އެ ގައުމު އޮތީ މުބާރާތުން ކަޓާފަ އެވެ. އަދި ރާއްޖެއަށް މި މެޗަކީ މޮޅުވުން މަޖުބޫރު މެޗެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް