އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢުގެ %87 ނިމިއްޖެ

ރ.އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިމިއްޖެކަމަށް އެ މަސައްކަތް ކުރިޔަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ. ...

10 Oct 2021 | 06:09

ރ.އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %87 ނިމިއްޖެކަމަށް އެ މަސައްކަތް ކުރިޔަށް ގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

އެމްޓީސީސީން ބުނީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވަނީ ނިމިފަ ކަމަށެވެ. އެގޮތުންޖުމްލަ 3.2 ކިލޯ މީޓަރުގެ ދިގު މިނުގެ 14 މަގެއްގައި ވަނީ ތާރު އަޅާ ނިމިފައެވެ.

މި މަޝްރޫޢު ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައ ތާރު އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގުރޭޑް މަސައްކަތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމެއް ޤާއިމު ކުރުން ވެސް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަ ކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ  28.02 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް