ރ. ވާދޫގައި ސަރުކާރުން އަލަށް އިމާރާރްކުރާ ހުކުރު މިސްކިތުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އެ ރަށުގެ ދެކުނު އަވަށުގައި އަލަށް އަޅާ ވާދޫގެ ދެ ވަނަ މިސްކިތް އިމާރާތްކުރުމުގެ މަަސައްކަތުގެ ތެރެއިން މިހާރު ނިމިފައި ވަނީ ރާނައި ހިޔާކުރުމުގެ މަސައްކަތެވެ. އަދި މިހާރު ކުރިއަށް ދަނީ ސިމެންތި ޖެހުމާއި ތަޅުން އެޅުމަށް ޓަކައި ބަނޑުއެޅުމުގެ މަސައްކަތެވެ.
އިސްލާމިކް މިނިސްޓްރީގައި ޖުލައި މަހުގެ ކުރީކޮޅު އޮތް ބައްދަލުވުމެއްގައި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 4.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައިކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
މީގެ ކުރިން, 2019 އަހަރުގެ އޮކްޓޯބަރު މަހުގެ 16ގައި އެ މިސްކިތުގެ އަމަލީ މަސައްކަތް އެސްކޮން ބިލްޑާރސް ކިޔާ ކުންފުންޏަކުން ފަށާފައިވެއެވެ.
150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލު ކުރިނަމަވެސް، އެމަސައްކަތް ވަކި ހިސާބަކުންވަނީ ހުއްޓިފައެވެ.
ވާދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހުއްޓި ލަސްވަމުން ދާތީ އޭރު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް