ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖޭގައި

ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓްރީ ޖެނެރަލް އިސާލަ ރުވާން ވިރަކޫން ރާއްޖެ ވަޑައިގެންފިއެވެ. މިއީ އިސާލަ ރުވާން މަގާމާ ހަވާލުވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ...

10 Oct 2021 | 02:51

ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓްރީ ޖެނެރަލް އިސާލަ ރުވާން ވިރަކޫން ރާއްޖެ ވަޑައިގެންފިއެވެ.

މިއީ އިސާލަ ރުވާން މަގާމާ ހަވާލުވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި މި ދަތުރުފުޅުގައި، އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހިމެނޭނެހެން ރާއްޖޭގެ ފޮރިން ސެކްރެޓެރީ އަބްދުލް ޣަފޫރު މުޙައްމަދާއި، އެމްބެސެޑަރ އެޓް ލާޖް އަދި ސާކްގެ ސެކްރެޓެރީ ޖެނެރަލްކަން ކުރިން ކުރައްވަފައިވާ އަޙްމަދު ސަލީމާއި ބައްދަލު ކުރައްވާނެއެވެ.

އިތުރަށް މައުލޫމާތު ދެއްވިގޮތުގައި އަންނަ ބުދަ ދުވަހައި ހަމައަށް ދެމިގެންދާ މި ދަތުރުފުޅުގައި ސާކް އުފެއްދުމުގެ އިސްކޮށް ހަރަކަތްތެރިވި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ވެސް ބައްދަލު ކުރައްވާނެއެވެ.

ވިރަކޫން ސާކްގެ ސެކްރަޓެރީ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭނާ އަކީ ސްރީލަންކާ ރައްޔިތެކެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންފަ މިވަނީ މިހާރު ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާ މެޗާއި ދިމާކޮށްވެސް މެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް