މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހަތިޔާރާއެކު ހައްޔަރުކޮށްފި

މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު މިރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި ފަސް ...

10 Oct 2018 | 17:21

މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު މިރޭ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ސައިކަލުތަކެއްގައި ގޮސް ކާނިވާ ކައިރި ޕެޓްރޯލް ސެޑަށް ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބާ އެމީހުންނަށް ފުލުހުން ފެނުމާއެކު ފިލަން މަސައްކަތް ކުރަނިކޮށް ވަޅިތަކާއެކު ކަމަށެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް