ޗެނަލް 13ގެ މައްސަލައެއް އީސީން ބްރޯޑްކޮމް އަށް ހުށަހަޅައިފި

ޗެނަލް 13ގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިކަމާއި ބެހޭގޮތުން އީސީން ބުނެފައިވަނީ ޗެނަލް 13 އިން އިންތިޚާބާއި އިލެކްޝަންސް ކޮމިޝަންގެ މެ...

10 Oct 2018 | 15:57

ޗެނަލް 13ގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިކަމާއި ބެހޭގޮތުން އީސީން ބުނެފައިވަނީ ޗެނަލް 13 އިން އިންތިޚާބާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ނަޒާހާތްތެރި ކަމާމެދު ޝައްކު އުފެދޭ، ސައްހަ ނޫން ހަބަރު ފަތުރާ، ކޮމިޝަންގެ މެމްބަރުން ފިލައިގެން އުޅޭކަމުގެ ތުހުމަތު ކުރެވޭކަމަށް ފަތުރަމުންދާތީ އެކަން ހުއްޓުވައި، ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅައި ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނުން މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި ކަމަށެވެ.

އީސީން ޗެނަލް 13 ގެ މައްސަލަ ބްރޯޑްމް އަށް ހުށަހަޅާފައިވާއިރު ވެރިކަންކުރާ ޕީޕީއެމް އަންނަނީ، ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް އިން އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަމުންނެވެ. އެގޮތުން ކޮންމެ ރެއަކު ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވާ މުޒާހަރާތަކުގައި އީސީން ވޯޓު އޮޅުވާލާފައިވާކަމަށް އަންނަނީ ބުނަމުންނެވެ. އަދި އީސީ މެމްބަރުންނަކީ ވަގުން ކަމުގައި ބުނަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް