ކުޑަ ދެ އަންހެން ކުދިން ގެއްލިގެން ހޯދަން ފަށައިފި

ކުޑަދެކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެދެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ ދެކުދިންނަކީ ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހިމް (15އ) އާއި...

10 Oct 2018 | 09:54

ކުޑަދެކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެދެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ ދެކުދިންނަކީ ގ. ނާޝިދުވިލާ، ފާޠިމަތު ޝާޙާ އިބްރާހިމް (15އ) އާއި މ.މުލައް، ކޮކާހަނދުވަރު، ނާޖިޙާ ޢަލީ (14އ) އެވެ.

ފުލުހުން ބުނީ މި ދެކުދިންގެ ތެރެއިން ފާޠިމަތު ޝާޙާ އިބްރާހިމް  ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ 23:56 ހާއިރު ކަމަށާއި އަދި ނާޖިޙާ ޢަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ 17:23 ހާއިރު ކަމަށެވެ.

މިދެކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް  ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510  އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް