ރައްޔިތުންގެ ނިންމުމާއި ކުޅެގެން ނުވާނެ ކަމަށާއި އެއީ އޭނާގެ އިހުބަހާއި ފަހުބަސް ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ ނިންމުން ދަމަހައްޓަން ތައްޔާރަށް ތިބި ފުލުހުންނާއި ސިފައިން ރަނގަޅަށް ކަމަރު ބާރު ކުރެއްވުމަށްވެސް މަހްލޫފްގެ އެ ޓްވީޓްގައި އެދިލައްވާފައިވެއެވެ. އަދި ރައްޔިތުންގެ ސަފުތައް އެ ފުލުހުންނާއި ސިފައިންގެ ފަހަތުން ރުކުރުވާލަން ތައްޔާރުވެލައްވަންވެސް މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަހްލޫފް އޭނާގެ އިހުބަހާއި ފަހުބަސް އިއްވާފައިމިވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ވައްދާފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް