ޑަކުޓަރަށް ދެއްކުމަށް އަދީބު މާލެ ގެނެސްފި

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑަކުޓަރަށް ދެއްކުމަށް މާލެ ގެނެސްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަދީބު މާލެ ގެނެސް ދައްކާފައިވަނީ އައިޖީއެމް ހ...

10 Oct 2018 | 06:23

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑަކުޓަރަށް ދެއްކުމަށް މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަދީބު މާލެ ގެނެސް ދައްކާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ޔޫރޮލޮޖިސްޓަކަށެވެ. ޑަކުޓަރަށް ދެއްކުމަށް މާލެ ގެނެސްފައިވަނީ 09:00 ހާއިރުގައެވެ.

އަދީބު މިއަދު މާލެ ގެނެސް ޑަކުޓަރަށް ދައްކާފައިވާއިރު އަދީބުގެ ސިއްހަތާއިމެދު ކަމާއިބެހޭ ފަރާތްތަކުން އިހުމާލުވަމުން އަންނަ ކަމަށްބުނެ އަދީބުގެ އާއިލާއިން އަންނަނީ މެދުކެނޑުމެއްނެތި އަޑު އުފުލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް