ކްރިސްޓިއަން މިޝިނަރީސް ތަކުން ބޭނުން ވިޔަސް ރާއްޖޭގައި ޗާޗް ނޭޅޭނެ ކަމަށް ދީނީ އިލްމުވެރިން ބުނެފި އެވެ.
އެބޭފުޅުން އެހެން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ކްރިސްޓިއަން މިޝިނަރީސް ތަކުން ޗާޗް އަޅާނެކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް ރައްދުދީ އެވެ.
އެކަމަށް ރައްދުދީ ދީނީ އިލްމުވެރިޔާ ޝެއިކް އަލީ ޒައިދު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ޗާޗު އަޅާނަމޭ ބުންޏަސް ހާސް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެބައެއްގެ އަމާޒާއި އުންމީދުގެ ވާހަކަ އެބަޔަކު ދައްކާނެ ކަމަށެވެ.
އަދި ދިވެހިންގެ އަޒުމުގައި ދިވެހިން ތިބޭނެ ކަމަށެވެ. އެއީ މި ބިމުގައި ޗާޗް ނޭޅުމުގެ އަޒުމު ކަމަށާއި ރާއްޖޭގައި ޗާޗު އެޅުމުގެ ޖަގަ ދިވެހިން ނުދޭނެ ކަމަށެވެ.
https://twitter.com/alizaid1000/status/1049886109495414784
ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ ކްރިސްޓިއަން ޗާޗު އަޅާނެ ކަމަށް ބުނެ ހަބަރު ފެތުރިޔަސް ދިވެހިންގެ އަގީދާއެއަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ. އަދި އިބޫގެ ސަރުކާރަކީ އިސްލާމް ދީން ހިމާޔަތް ކުރާނެ ސަރުކާރަކަށް ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ މިޝިނަރީތަކުން އެގޮތަށް އުންމީދު ކުރުމަކީ މޮޔަކަމެއް ކަމަށެވެ. އެއީ ޒުވާނުންނާއި އެނޫންވެސް ދިވެހި ރައްޔިތުން އެހެން ދީންތަކަށް ރާއްޖޭގައި ފުރުސަތު ނެތްކަން މާޒީގައި ސާބިތުކޮށްދީފައިވާތީ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/ilyaasipa/status/1049714840153931778
އިލްމުވެރިންގެ މި ބަސްފުޅުތަކާއި ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެކަމަށް ބާރުދީ ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އެކަމަކު ބައެއް މީހުން ވަނީ އިލްމުވެރިން ކިތަންމެ މަސައްކަތެއް ކުރިޔަސް އެމީހުންގެ މަސައްކަތް ކުރުމަށް އާ ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް