ބޮލީވުޑްގެ ބަތަލާ ސަގަރިކާ އާއި ކްރިކެޓް ކުޅުންތެރިޔާ ޒަހީރު ރާއްޖޭގައި

ކްރިކެޓް ކުޅުންތެރިޔާ ޒަހީރް ހާން އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ސަގަރިކާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. އެ ދެމީހުން ވަރަށް ކުޑަކޮށް ބޭއްވި ހަފްލާއެއްގައި ކައިވެނި...

10 Oct 2018 | 05:15

ކްރިކެޓް ކުޅުންތެރިޔާ ޒަހީރް ހާން އާއި އޭނާގެ އަންހެނުން، ބޮލީވުޑްގެ ބަތަލާ އަދި މޮޑެލް ސަގަރިކާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

އެ ދެމީހުން ވަރަށް ކުޑަކޮށް ބޭއްވި ހަފްލާއެއްގައި ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެމީހުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައިވަނީ އެކުވެރިންތަކަކާއި އެކު ޒަހީރުގެ އުފަންދުވަސް ފާހަގަ ކުރާށެވެ.

އެމީހުން ޗުއްޓީ ހޭދަ ކުރަމުންދަނީ ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރުގައި އެވެ.

ސަގަރިކާ ގެންދަނީ ޗުއްޓީގައި ކުރަމުންދާ ހުރިހާ ކަމަކާއި ރާއްޖޭގެ ރީތި މަންޒަރުތައް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ސަގަރިކާ އެންމެ ފަހުން ބޮލީވުޑުން ފެނުނީ 2015 ވަނަ އަހަރު ރިލީޒް ކުރި "ދިލްދާރިޔާން" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް