ހެލްތު ރިސާޗް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތު މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި މި އެވޯޑަކީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއިން އެންމެ ފުރިހަމަ ދިރާސާއެއް ކޮށްފައިވާ ދިވެއްސަކަށް އެކަން ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުން ދޭ އެވޯޑެކެވެ.
މި އެވޯޑުގެ މަޤްސަދުތަކުގެ ތެރޭގައި؛
ދިވެހިރާއްޖޭގައި ސިއްހީ ދިރާސާކުރުމުގެ ސަގާފަތެއް ތަރައްޤީކޮށް، ރަނގަޅު ފެންވަރުގެ ދިރާސާކުރުމުގެ ރޫހު ދިރުވާ އާލާކުރުމާއި ދިރާސާ ކުރާ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއެރުވުމަށްް ހިތްވަރުދީ ރަނގަޅު ފެންވަރުގެ ދިރާސާ ކުރުވުމާއި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންތެރި އަދި މުހިއްމު ދިރާސާތައް ކުރުވައި، ރަނގަޅު ނަތީޖާއެއް ނެރުމާއި ދިވެހިރާއްޖޭގެ ސިއްހީ ދިރާސާއާއިބެހޭ ސިޔާސަތައް ހޭލުންތެރިކޮށް، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ދިރާސާތައް ކުރުވުން ހިމެނެއެވެ.
މި އެވޯޑަށް އަމިއްލަ ނަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 ޑިސެމްބަރ 2018 (ހޯމަ) ދުވަހުގެ 12:00 ގެކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި، އެ ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، މިނިސްޓްރީ އޮފް ހެލްތަށް އެޑްރެސްކޮށް ރިސެޕްޝަނަށް ފޮނުއްވައިދެއްވުމަށް އެދި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް