މަސްޖިދުއްނަބަވީގައި މީހަކު ނަމާދުކޮށް ނިމެންދެން ދަރި އުރައިދިން ފުލުހަކަށް ތައުރީފް އޮހެނީ

މަސްޖިދުއްނަބަވީގައި މީހަކު ނަމާދުކޮށް ނިމެންދެން އޭނާގެ ދަރި އުރައިދިން ސެކިއުރިޓީ އޮފިޝަކަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ. ތައުރީފް ކޮށްފައިވަނީ ސެކިއުރިޓީ  އެ އޮފިސަރު ކުޑަކުއްޖާ ބެލުމުގައި މަސްޢ...

10 Oct 2018 | 04:08

މަސްޖިދުއްނަބަވީގައި މީހަކު ނަމާދުކޮށް ނިމެންދެން އޭނާގެ ދަރި އުރައިދިން ސެކިއުރިޓީ އޮފިޝަކަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.

ތައުރީފް ކޮށްފައިވަނީ ސެކިއުރިޓީ  އެ އޮފިސަރު ކުޑަކުއްޖާ ބެލުމުގައި މަސްޢޫލުވެ ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވުމުންނެވެ.

މި ފޮޓޯ ވައިރަލްވުމާއެކު މަސްޖިދުއްނަބަވީގެ ޕަބްލިކް ރިލޭޝަންސްގެ އެންމެ އިސްވެރިޔާ ޖުމާން އަލް އަސީރީ ބުނެފައިވަނީ އެ މަންޒަރުން ދައްކުވައިދެނީ ސެކިއުރިޓީ އޮފިސަރުން އެ މީހުންގެ މަސައްކަތާއި ވާޖިބަށް ދޭ އަހަންމިއްޔަތު ކަމަށެވެ.

މިއީ ސީދާ ކޮން ތާރީހެއްގެ ފޮޓޯއެއް ކަމެއް ނޭނގެއެވެ. ނަމަވެސް މި ފޮޓޯ ވައިރަލްވެފައިވަނީ އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް