މިސްރުގައި ދެ ފުލުހަކަށް ހަމަލާދިން ފިލްމީ ތަރިއަކު ބޮޑު ޖޫރިމަނާއަކާއެކު ޖަލަށް ލައިފިއެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޖޫރިމަނާއަކާއެކު ޖަލަށް ލާފައިވަނީ މިރްހާން ހުސެއިން ނަމަކަށް ކިޔާ ފިލްމީ ތަރިއެކެވެ. އޭނާ ޖަލަށް ލާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ. 1600 ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފައިވެއެވެ.
އޭނާ އެ ދެ ފުލުހުންނަށް ހަމަލާ ދިނީ އެ ދެ ފުލުހުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނު ކަމަށް ބުނެއެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދެއްކިފައި ނުވާކަމަށާއި އަދި އޭރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ސާބިތުވެފައިވެއެވެ.
އެއީ ކޮން އިރަކު ހިނގާފައިވާކަމެއްކަން އެނގިފައެއް ނުވެއެވެ. ނަމަވެސް އުމުރުން 36 އަހަރުގެ އެ ބަތޮލާގެ މައްޗަށް ހުކުމް އިއްވީ ސީސީޓީވީ ފުޓޭޖްތަކާއިއެކު ހިންގި ބޮޑު ތަހުގީގަކަށްފަހު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް