މޮރޮކޯގައި މުޒާހަރާއެއްގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ފުރާޅެއްގެ މަތިން ވެއްޓި މަރުވެއްޖެ

މޮރޮކޯގައި މުޒާހަރާއެއްގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ޓެރަސް މަތިން ވެއްޓި މަރުވެއްޖެ މޮރޮކޯގައި މިނިސްޓްރީއެއްގެ ޓެރަސް މަތީގައި މުޒާހަރާ ކުރަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު...

10 Oct 2018 | 03:02

މޮރޮކޯގައި މުޒާހަރާއެއްގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ޓެރަސް މަތިން ވެއްޓި މަރުވެއްޖެ

މޮރޮކޯގައި މިނިސްޓްރީއެއްގެ ޓެރަސް މަތީގައި މުޒާހަރާ ކުރަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު، އެ ޓެރަހުން ވެއްޓި މަރުވެއްޖެއެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. އޭނާ އަކީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އެފަދަ އިތުރު ބަޔަކާއެކު އޭނާ މުޒާހަރާ ކުރަމުންދިޔައީ މޮރޮކޯގެ ފެމިލީ، ސޮލިޑާރިޓީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީގެ ޓެރަސް މަތީގައެވެ.

އެމީހުން ޑިމާންޑް ކުރަމުންދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު އެ ގައުމުގައި ނެތަތީ ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ޒުވާނާ މަރުވީ ފޯނުން ވާހަކަދައްކަމުން ޓެރަސް މަތީގައި ހިނގަނިކޮށް ކަމުގައި ރިޕޯޓްކޮށްފައިވެވެ.

އެ ޒުވާނާ މަރުވުމުން އެ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ޑިމާންޑް އެ މިނިސްޓްރީން އަޑު ނާހާ ކަމަށާއި އަދި މުޒާހަރާ ހޫނުވެ ޓެރަސް މައްޗަށް މުޒާހަރާގެ ބައިވެރިން އެރީ މިނިސްޓްރީގެ އިހުމާލުންކަމަށް ތުހުމަތު ކުރެއެވެ. އަދި އެ ޒުވާނާގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އެ މިނިސްޓްރީން ކަމުގައިވެސް ހިއުމަން ރައިޓސް އެކްޓިވިސްޓުންނާއި ބައެއް ޖަމިއްޔާތަކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް