ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ދަބަސް ފުލުހުން ބަލާ ފާސްކޮށްފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝުޖާ ވިދާޅުވީ ދަބަސް ޗެކް ކުރީ ރޭ އައްޑޫގައި އޮތް ޝޯ ނިންމާލުމަށްފަހު މާލެ އައިސް ހުޅުމާލޭގައި ކާރުގައި ގެއަށް ދަނިކޮށް ފަހަތުން ފުލުހުންގެ ވެހިކަލެއް އައިސް ހުއްޓުވުމަށްފަހުގައި ކަމަށެވެ.
ޝުޖާ ބުނެފައިވަނީ ދަބަސް ޗެކް ކުރި ނަމަވެސް ދަބަހުން ވަކި އެއްޗެއް ނުނަގާ ކަމަށާއި ބަލާ ފާސް ކުރުމަށްފަހު އެމީހުން ދިޔައީ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ވަކި މީހަކަށް ހާއްސަކޮށް ޗެކެއް ނުކުރޭ ކަމަށާއި ދޭތެރެދޭތެރެއިން ހުޅުމާލެ އަރާފައިބާ މީހުން ބަލާ ފާސްކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް