ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ކަމުން މުއާ ވަކިކޮށްފި

ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މުއާޒު (މުއާ) އެ މަގާމުން ވަކި ކޮށްފި އެވެ. މުއާ އެ މަގާމު ފުރުއްވަމުން ގެންދެވީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ހިންގެވ...

10 Oct 2015 | 16:18

ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ މުއާޒު (މުއާ) އެ މަގާމުން ވަކި ކޮށްފި އެވެ.

މުއާ އެ މަގާމު ފުރުއްވަމުން ގެންދެވީ ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ހިންގެވުމުގައި އެންމެ އިސް އެއް ފަރާތުގެ ގޮތުގަ އެވެ.

މުއާ ވަކިކުރި ވަކި ސަބަބެއް ނޭންގުނު ނަމަވެސް ސަރުކާރުގެ ކޯޑިނޭޓަރުން ލެވެލްގައި ބައެއް ބަދަލުތައް ގެންނަން ފަށާފައި ވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ފިލްމީ ތަރި މުއާ ސަރުކާރުން ވަކިކުރި އިރު އޭނާގެ އަނބިކަނބަލުން އައިމިނަތު ޝާޔަން އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑު މެމްބަރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް