އިޒްރޭލު ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އަށަކަށް

ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ފަލަސްތީނު ބިމުގައި އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ. މި އަދަދު އަށަކަށް އަރާފައިވަނީ ގާޒާގައި އިއްޔެ ހިނގި ހ...

10 Oct 2015 | 04:25

ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ފަލަސްތީނު ބިމުގައި އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާތަކުގައި ޝަހީދުވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

މި އަދަދު އަށަކަށް އަރާފައިވަނީ ގާޒާގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި އިޒްރޭލު ސިފައިން ބަޑިޖަހާ ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލުމުންނެވެ.

އިޒްރޭލު ފުލުހުން ބުނެފައިވަނީ ބަޑި ޖެހީ ބަންދުކޮށްފައިވާ ސަރައްދާ މާ ބޮޑަށް ކައިރިވެ ހިލަ އުކާ ޓަޔަރުތަކުގައި ރޯކުރަން ފެށުމުން ކަމަށެވެ.

މިފަހުން ހަމަނުޖެހުންތައް ފެށުނުތާ ދިހަ ދުވަސްވެފައިވާއިރު މިހާތަނަށް ހިނގި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ އަށް މީހަކު ޝަހީދުވެފައިވާއިރު އިޒްރޭލުގެ ހަތަރު މީހަކު މަރުވެފައި ވެ އެވެ.

ހަމަނުޖެހުންތައް ވަރުގަދަވާން ފަށާފައިވަނީ މަސްޖިދުލް އަޤްޞާ ހުންނަ ސަރަހައްދަށް ފަލަސްތީނު ރައްޔިތުންނަށް ނުވަދެވޭނެހެން އިޒްރޭލު ފުލުހުން އެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް