ނޯކަރުގެ އަތް ބުރިކުރި މައްސަލަ އިންޑިއާ ސަރުކާރުގެ ފަރާތުން ސައުދީ ސަރުކާރަށް ހުށަހަޅައިފި

ސައުދީގައި މަސައްކަތްކުރާ ނޯކަރެއްގެ އަތް، ސާހިބުމީހާ ބުރިކޮށްލި ކަމަށްބުނާ މައްސަލަ އިންޑިއާގެ ސަރުކާރުގެ ފަރާތުން ސައުދީ ސަރުކާރަށް ހުށަހަޅައިފި އެވެ. އުމުރުން 55 އަހަރުގެ ކަސްތޫރީ މުނިރާތިނަމްގެ އަ...

10 Oct 2015 | 03:39

ސައުދީގައި މަސައްކަތްކުރާ ނޯކަރެއްގެ އަތް، ސާހިބުމީހާ ބުރިކޮށްލި ކަމަށްބުނާ މައްސަލަ އިންޑިއާގެ ސަރުކާރުގެ ފަރާތުން ސައުދީ ސަރުކާރަށް ހުށަހަޅައިފި އެވެ.

އުމުރުން 55 އަހަރުގެ ކަސްތޫރީ މުނިރާތިނަމްގެ އަތް އޭނާގެ ސާހިބުމީހާ ބުރިކޮށްލި ކަމަށްވަނީ މަސައްކަތްކުރުވުމުގެ އުސޫތަކާއިމެދު ޝަކުވާ ކުރުމުންނެވެ. ކަސްތޫރީއަށް ރިޔާދުގެ ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާ ދެމުންނެވެ.

"އިންޑިއާ އަންހެނެއްގެ އަތް ބުރިކުރުން – މިކަމާ އަހަރެމެން ވަރަށް ކަންބޮޑުވަން މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، މި މައްސަލަ ސައުދީގެ ކަމާބެހޭ ފަރާތްތަކަށް މިހާރު ވާނީ ހުށަހަޅާފައި" އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ކުރެއްވި ޓްވީޓެއްގައި ވެ އެވެ.

ކަސްތޫރީއަކީ އިންޑިއާގެ ތަމިލްނާޑޫއަށް އުފަން ރައްޔިތެކެވެ. ކަސްތޫރީގެ އާއިލާއިން ހާމަކޮށްފައި ވާގޮތުގައި ކަސްތޫރީގެ ސާހިބުމީހާ އޭނާއަށް އެކި ވަރުގެ އަނިޔާކުރަމުން އަންނަތާ މިހާރު ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

"ދައްތަގެ ކަނައަތް ވަނީ ބުރިކޮށްލާފައި، ބުރިކޮށްލީ ކޮންމެ ދުވަހަކު ދެމުންދާ ތުރާތަކުން ސަލާމަތްވާން މަސައްކަތް ކުރުމުން" އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި ކަސްތޫރީގެ ކޮއްކޮއަކު ބުނެފައި ވެ އެވެ.

ކަސްތޫރީގެ އާއިލާއިން ހާމަކުރާ ގޮތުގައި ކަސްތޫރީ ސައުދީއަށް ދިޔައީ އާއިލާއަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ކަމަށެވެ. މަހަކު 180 ޑޮލަރު މުސާރައިގެ ގޮތުން ދޭނޭ ކަމަށް ކަސްތޫރީގެ ސާހިބު މީހާ ވައުދުވުމުންނެވެ. ނަމަވެސް ކަސްތޫރީއަށް މުސާރަވެސް ނުދޭކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް